ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހެއް

މަސްތުވާތަކެތި މައްސަލައެއްގައި ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ، ލ. މާވަށް / އިތާ، ޙަސަން ނާއިފް (24އ) ކަމަށެވެ.

އަދި މިމީހާ ހައްޔަރުކުރީ، މިމަހުގެ 5ވަނަ ދުވަހު މާވަށު ފުލުހުން ރަށުތެރެ ޕެޓުރޯލު ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅުތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ނާއިފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.