ތަރައްްޤީ

ކުޅުދުއްފުށީ އާޓިފިޝަލް ބީޗުގެ މަސައްކަތް ނިންމާލައިފި


ކުޅުދުއްފުށީގައި ހަދާ އާޓިފިޝަލްބީޗްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިއީ 800 މީޓަރު ދިގުމިނުގެ އާރޓިފިޝަލް ބީޗެކެވެ. ބީޗްގެ މަސައްކަތް ނިމިފައިވުމާއެކު ރައްޔިތުންނަށް މޫދަށް އެރުމަށް އެތަން ބޭނުންކުރެވޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް ކައުންސިލުން ވިދާޅުވީ ރަސްމީކޮށް އާރޓިފިޝަލް ބީޗް ހުޅުވާނެ ތާރީޚެއް ނުނިންމަވާކަމަށެވެ. ކުޅުދުއްފުށީ އާރޓިފިޝަލް ބީޗްގެ މަސައްކަތަށް ސަރުކާރުން 30 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14737797482463.jpg|ކުޅުދުއްފުށި އާޓިފިޝަލް ބީޗުގެ މަސައްކަތް ކުރިއަށްދަނީ

ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތުގެ ދަށުން މޫދަށް އެރޭ ސަރަޙައްދުގެ ގޮތުގައި 60 ފޫޓާއި 100 ފޫޓުގެ ސަޙަރައްދެއް ހެދިފައިވާ ކަމަށާއި، އަދި ބީޗުގެ ގާތަށް ނަގައި އެތަނަށް ވެލިއަޅާ ވަނީ ރީތިކޮށްފައެވެ. އަދި އެސަރަޙައްދަކީ ގިރާ ސަރަޙަދެއްކަމުން މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ބޭރު ތޮށިން އެތެރެއަށް ވާގޮތަށް ތޮށްޓަކާއެކު 710 މީޓަރުގެ ރިވެޓްމެންޓެއް ޖަހާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މި ބީޗް ހަދާފައިވަނީ ކުޅުދުއްފުށީ  ދެކުނު ކޮޅުގައި އޮންނަ ބޯޒިޔާރާތް ކިޔާ ސަރަހައްދުގައެވެ. މިއީ ކުރިން ވެސް މީހުން މޫދަށް ގޮސްއުޅުނު ސަރަހައްދެކެވެ. ކުޅުދުއްފުށީގެ އާރޓިފިޝަލް ބީޗަކީ އަތޮޅު ތެރޭގައި ހެދި ފުރަތަމަ އާރޓިފިޝަލް ބީޗެވެ.