ދުނިޔެ

ކަންދަހާރުގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި 3 މީހަކު މަރުވެއްޖެ


އަފްޣާނިސްތާނުގެ ކަންދަހާރު ސިޓީގެ ހޮސްޕިޓަލަކަށް ހަތިޔާރު އަޅައިގެން ތިބި 2 މީހަކު ވަދެ ދިން ހަމަލާތަކުގައި 3 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ، ފުލުހަކާއި ހަނގުރާމަވެރިންގެ ދެމީހުންނެވެ.

ކަންދަހާރުގެ ޕްރޮވިންޝަލް ގަވަރނަރގެ ތަރުޖަމާނަކު ވިދާޅުވީ މިހަމަލާއަކީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަންދަހާރްގެ ޑެޕިއުޓީ ގަވަރނަރަށް އަމާޒުކޮށް ދޭން މަސައްކަތްކުރި ހަމަލާއެއްކަމަށް ލަފާކުރެވޭކަމަށެވެ.

މިހަމަލާދީފައިވާ ހޮސްޕިޓަލަކީ ހަނގުރާމަތަކުގައި އަނިޔާވާ އަސްކަރީ އޮފިސަރުންނާ، ފުލުހުންނަށް ޚިދުމަތްދޭ ހޮސްޕިޓަލެކެވެ. ކަންދަހާރުގެ ޕޮލިސް ޗީފް ވިދާޅުވީ ހަތިޔާރު އަޅައިގެން ހޮސްޕިޓަލަށް ވަތް ދެމީހުން ހުއްޓުވުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އާންމުންގެ މީހުންނަށް އަނިޔާވެ، ގެއްލުމެއް ނުލިބޭނެ ގޮތަށް ކަމަށެވެ.