ޚަބަރު

މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގަ އަލިފާން ރޯވެ، ފިހިއްޖެ


އައްޑޫ ސިޓީ މީދޫގައި ޢީދު ފާހަގަކުރުމަށް މާލި ހަދަން އުޅުނު ކުޑަކުއްޖެއްގެ ގައިގަ އަލިފާން ރޯވެ، ވަރަށް ބޮޑަށް ފިހިއްޖެއެވެ. 

މިއަދު ހަވީރު ހަތަރެއްޖަހާ އެހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ އައްޑޫ ސިޓީ މީދޫގެ އުމުރުން 15 އަހަރުގެ ކުޑަކުއްޖެކެވެ. މިހާދިސާގައި އެކުއްޖާގެ ގައިގެ ގާތްގަނޑަކަށް 32 ޕަސަންޓް ފިހިފައިވާކަމަށް މީދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ. އަދި އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށްވެސް ޞިއްޙީ މަރުކަޒުން ބުނެއެވެ.