ޚަބަރު

ރާއްޖޭގެ ބައެއް ރަށްތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި


މާލެ ސިޓީއާއި އަތޮޅުތަކުގެ ބައެއް ރަށްތަކުގައި އަޟުޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފިއެވެ.

މާލޭގައި ބޮޑު ޖަމާޢަތުގެ ޢީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. މި ފަހަރު ފިރިހެން ބޭފުޅުން ޢީދު ނަމާދު ކޮށްފައިވަނީ ސްޓޭޑިއަމްގެ ޓަރފް ދަނޑު ސަރަޙައްދުގައެވެ. އަދި، އަންހެން ބޭފުޅުން ނަމާދު ކޮށްފައިވަނީ ޓަރފް ދަނޑާއި ޖެހިގެން އޮންނަ ފުޓްސަލް ދަނޑުގައެވެ. 

ހުޅުމާލޭގައި ޢީދު ނަމާދުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި، ވިލިމާލޭގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވަނީ ވިލިމާލޭ ސްޓޭޑިއަމްގައެވެ.

img:http://s1.psmnews.mv/images/660x400/14736617602163.jpg|ކުޑަހުވަދޫގައި މިއަދު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން- ފޮޓޯ: އަޙުމަދު ލަތީފް / ކިޔުންތެރިއެއް

މާލޭގެ އިތުރުން ރާއްޖޭގެ 70 ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފައިވެއެވެ.

މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްކަމަކީ ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޚާއްޞަ ގޮތެއްގައި ބޮޑު ޖަމާޢަތްތަކުން މުސްލިމުންގެ އާރާއި ބާރު ދައްކައިދެއެވެ.