ދުނިޔެ

13 ވަނަ "ޗައިނާ އާސިއާން އެކްސްޕޯ" ފަށައިފި


ތޭރަވަނަ "ޗައިނާ އާސިއާން އެކްސްޕޯ" ފަށައިފިއެވެ.

މިއެކްސްޕޯ ކުރިއަށްދަނީ ދެކުނު ޗައިނާގެ ވެރިރަށް ނޭނިންގގައެވެ. 2004 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިއެކްސްޕޯއަކީ، ޗައިނާއިން އިސްނަގައިގެން، އާސިއާންގެ ޤައުމުތަކާއި ގުޅިގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މިއެކްސްޕޯއަކީ ޗައިނާއާއި އާސިއާންގެ ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމެންޓް ކުރިއެރުވުމަށް މުހިއްމު ޙަރަކާތެއް ކަމަށް އެޤައުމުތަކުން ދެކެއެވެ. ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިއެކްސްޕޯގައި ދެހާހަށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ.