ދުނިޔެ

އިރާޤުގަގައި ދިން ބޮމުގެ ހަމަލާއެއްގައި 4 މީހުން މަރުވެއްޖެ


އިރާޤުގެ މެދުތެރޭގައި ދިން ބޮމުގެ ހަމަލާއެއްގައި 4 މީހުން މަރުވެއްޖެއެވެ.

މިހަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން ވަނީ އުފުލާފައެވެ. ބަޣްދާދުގެ މެދުތެރޭ އަވަށެއް ކަމަށްވާ އައްލާވީގައި މީހަކު އަމިއްލަ އަށް މަރުވެގެން ދިން މިހަމަލާގައި އިތުރު 11 މީހުން ޒަޚަމްވެފައިވާ ކަމަށް އިރާޤު ފުލުހުން މަޢުލޫމާތުދެއެވެ.

މިހަމަލާގެ އިތުރުން އިރާޤުގެ އެކި ސަރަޙައްދުތަކުގައި އިއްޔެ ބޮމުގެ 5 ހަމަލާއެއް ދީފައިވެއެވެ. މިހަމަލާތަކުގައި 12 މީހުން މަރުވެ، 27ހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.