ދީން

މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވަވާނީ ކޮން ބޭފުޅެއްބާ؟


1981 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކު ޙައްޖު ޚުޠުބާ އިއްވެވި ސަޢޫދީގެ އިސް މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އަލުއްޝައިޚްގެ ޞިއްޙީ ހާލުކޮޅު ތަންނުދިނުމުގެ ސަބަބުން މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވަވާނީ އެމަނިކުފާނު ނޫންކަމަށް ސަޢޫދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ޢުމުރުފުޅުން 75 އަހަރުފުޅުގެ ސަޢޫދީގެ ގްރޭންޑް މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް ވަނީ މެދުކެނޑުމެން ނެތި 35 އަހަރުވަންދެން ކޮންމެ އަހަރަކު ޙައްޖު ޚުޠުބާ އިއްވަވާފައެވެ.

ކޮންމެ އަހަރެއްގެ ޙައްޖު ދުވަހު ސަޢޫދީގެ ގްރޭންޑް މުފްތީ ވަނީ ޤުރުއާނާއި ސުންނަތުގެ އަލީގައި  އަސަރުން ފުރިގެންވާ އެތައް މެސެޖްތަކެއް ޙައްޖު ޙުޠުބާގައި މުޅި އިސްލާމީ ޢުންމަތައް  ދެއްވާފައެވެ. މުޅި އިސްލާމީ އުންމަތުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިގެންދާ އެޚުޠުބާގައި އިސްލާމީ އުންމަތައް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން މިންޖުކުރެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވައެވެ. އަދި މުޅި އިސްލާމީ އުންމަތަށް ދީނީ އެތައް މެސެޖްތަކެއް ދެއްވައެވެ.

މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވަވާނީ މަސްޖިދުލް ޙަރާމްގެ އިމާމު ޝައިޚް ޞާލިޙް ބިން ޙުމައިދު ކަމަށް ވަނީ ބެލެވިފައެވެ. 3

 އަހަރު ޙައްޖު ޚުޠުބާ އިއްވެވި ސަޢޫދީގެ ގްރޭންޑް މުފްތީ ޝައިޚް ޢަބްދުލްއަޒީޒް ވަނީ ސަޢޫދީގެ ދީނީ ފަތުވާދެއްވާ އެންމެ މަތީ މަޖިލީހުގެ ޗެއަރމަންގެ ޙައިސިއްޔަތުން އިސްލާމީ ޢުންމަތް އިތުރަށް ވަރުގަދަކުރައްވައި، ދީނީ އެކި ކަންކަމުގައި އިސްލާމީ އުންމަތުން ޢަމަލުކުރާނެ ގޮތް އަންގަވައިދެއްވައި ގިނަ ފަތުވާތަކެއް ނެރުއްވާފައެވެ.