ޚަބަރު

ގ.އެސްބަރި ގޭގައި ރޯވި އަލިފާން ނިއްވާލައިފި


23:19: ގ. އެސްބަރި ގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ.

tw:https://twitter.com/MNDF_Official/status/773585994029367296

23:09: އަލިފާން ރޯވި ގ. އެސްބަރި ގޭގައި ރޯވި އަލިފާން އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ

23:06: އަލިފާނުގެ ޙާދިސާ ހިނގައިގެން އުޅޭ ގެއާ އިންވެގެން ހުރި ގޭގެއިން މިހާރު ވަނީ މީހުން ނެރެފައި

img:http://s1.psmnews.mv/images/660x400/14732713213757.jpg|ދުމުގެ އަސަރުކުރި މީހާއަށް ފަރުވާދިނުމަށް އެމްބިއުލާންސްގަިއ ގެންދަނީ- ފޮޓޯ : ޕީއެސްއެމް

23:00: އަލިފާނުގެ ޙާދިސާ ހިނގައިގެން އުޅޭ ސަރަޙައްދުން އަންހެނަކަށް ދުމުގެ އަސަރުކޮށްގެން އެހީތެރިކަން ދޭން ފަށައިފި. ދުމުގެ އަސަރު ފޯރީ ޢުމުރުން ދުވަސްވީ މީހެއްކަމަށާއި އެމީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފިކަމަށް ޚަބަރުލިބޭ

22:49: އެމްއެންޑީއެފުން ދާދި ދެންމެ ވިދާޅުވި ގޮތުގައި އެސްބަރީގައި ރޯވި އަލިފާނުގެ 90 އިންސައްތަ މިހާރު ވަނީ ނިއްވާލެވިފައި

tw:https://twitter.com/MNDF_Official/status/773577183197560832

22:47: އަލިފާން ނިންވުމަށްޓަަކައި ފެންޖެހުމުގެ މަސައްކަތް ފަޔަރފައިޓަރުން އަދިވެސް ކުރިޔަަށް އެބަގެންދޭ

img:http://s1.psmnews.mv/images/660x400/14732702726569.jpg|އަލިފާން ރޯވެފައިވާ އިމާރާތް-

22:46: އަލިފާން ރޯވި ގޭގައި ތިބި މީހުން ސަލާމަތުން ކައިރި ގެއެއްގައި ތިބިކަމަށް މަޢުލޫމާތު ލިބޭ

22:42: މި ޙާދިސާގައި އެއްވެސް މީހަކަށް ކަމެއްވީކަމެއް އަދި ސާފެއް ނުވޭ.

22:41: އަލިފާން ރޯވި ގޭގައި މިހާރު އަލިފާން ފެންނަން ނެތްކަމަށާއި އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ދުންއަރާ މަންޒަރު ފެންނަ ކަމަށް ޕީއެސްއެމްގެ ޖާރނަލިސްޓުން ބުނޭ

img:http://s2.psmnews.mv/images/660x400/14732700537499.jpg|ރޯވެފައިވާ އަލިފާން ނިއްވުމަށް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ- ފޮޓޯ: ޕީއެސްއެމް

22:38: އަލިފާން ރޯވެފައިވާ ގޭގެ އެއް ފަންގިފިލއަކަށް ފަޔަރފައިޓަރުން އަރައިގެން ޙަރަކާތްތެރިވާ ކަމަށް އެ ސަރަޙައްދުގައި ތިބި ޕީއެސްއެމްގެ ޖާރނަލިސްޓުން ބުނޭ.

22:36: އަލިފާންގަނޑު ފެތުރެމުންދާ ކަމަށް ނުބެލޭކަމަށް އެ ސަރަޙައްދުގައި ތިބި ޕީއެސްއެމްގެ ޖާރނަލިސްޓުން ބުނޭ.

img:http://s3.psmnews.mv/images/660x400/14732688997978.jpg|

22:36: އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި އަދި ރެޑްކްރޮސްގެ މެންބަރުންވެސް ޙަރަކާތްތެރިވަމުން އެބަދޭ.

22:34: ގ. އެސްބަރީގައި ރޯވި އަލިފާނުގެ އަސަރު އެގެއާއި ޖެހިގެންހުރި، ގ.އަސޭނާއަށްވެސް ފޯރަމުންދާ ކަމަށް ޕީއެސްއެމްގެ ޖާރނަލިސްޓުން ބުނޭ.

22:31: މި ހާދިސާ ހިނގާފައިވަނީ ދޮންއަދަރާ ހިނގުމުގައި ހުންނަ ގެއެއްގައި.

img:http://s2.psmnews.mv/images/660x400/14732695364986.jpg|އަލިފާން ރޯވެފައިވާ އިމާރާތް ހުރި ސަރަހައްދު - ފޮޓޯ: ޕީއެސްއެމް

22:26: މި ޙާދިސާ ހިނގައިގެން އުޅެނީ ތިން ބުރިއަށް ހަދާފައިވާ ގެއެއްގައި

22:23: އަލިފާން ރޯވެފައިވަނީ ގ.އެސްބަރި ނަމަކަށް ކިޔާ ގެއެއްގައި.

22:23: އަލިފާން ރޯވެފައިވާ ގެއަކީ އަލިފާން ނިންވާ އުޅަނދުފަހަރު ކައިރިކުރަން އުނދަގޫ ހިސާބެއްގައި ކަމަށް މަޢުލޫމާތުލިބޭ.

img:http://s1.psmnews.mv/images/660x400/14732687281122.jpg|އަލިފާން ރޯވެފައިވާ އިމާރާތް- ފޮޓޯ: ޕީއެސްއެމް

އަލިފާން ނިއްވުމަށް ފަޔަރ އެންޑް ރެސްކިއުއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

img:http://s1.psmnews.mv/images/660x400/14732702726569.jpg|އަލިފާން ރޯވެފައިވާ އިމާރާތް-

މާލޭގެ ގަލޮޅު ސަހަރާ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވެފައިވާ ގޭގެ އެންމެ މަތީގެ ފަންގިފިލައާއި ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެފައިވާ ކަމަށް އެ ސަރަޙައްދުގައި ތިބި ޕީއެސްއެމްގެ ޖާރނަލިސްޓުން މަޢުލުމާތުދެއެވެ.