ޚަބަރު

އދގެ ގިނަ އިދާރާތަކެއް ހިމެނޭ ގޮތަށް އެމެރިކާއިން ބައިނަަލްއަޤްވާމީ ޖަމްޢިއްޔާތަކަކުން ވަކިވަނީ


އެމެރިކާއިން ބައިނަލްއަޤްވާމީ ގިނަ ޖަމްޢިއްޔާތަކަކާއި އދގެ އިދާރާތަކަކުން ވަކިވާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމަޕް އިޢުލާނުކުރައްވައިފިއެވެ. އެމެރިކާއިން އެ ފަދަ ފިޔަވަޅެއް އެޅުމަށް ނިންމާފައި ވަނީ އެ ޖަމްޢިއްޔާތަކާއި އިދާރާތަކުގެ މަސައްކަތްތައް އެމެރިކާގެ ޤަައުމީ މަސްަލަހަތަށް ފުށުއަރާ ކަމަށް ބުނެއެވެ.

އެމެރިކާއިން ވަކިވުމަށް ނިންމާފައިވާ ޖަމްއިއްޔާތަކުގެ ތެރޭގައި އދގައި ނުހިމެނޭ 35 ޖަމްޢިއްތާއަކާއި އދގެ 31 އިދާރާއެއް ހިމެނެއެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކާގުޅޭ އދގެ އިދާރާ، ޔޫއެންއެފްސީސީސީއިންނާއި އަންހެނުންގެ ހައްޤުތަކަށް ވަކާލާތުކުރާ އދގެ އިދާރާއާއި އދގެ އާބާދީ ފަންޑު، ޔޫއެންއެފްޕީއޭ ވެސް ހިމެނެއެވެ. އެމެރިކާ ވެގެންދާނީ ޔޫއެންއެފްސީސީސީއިން ވަކިވާ ފުރަތަމަ ޤައުމަށެވެ. މިދިޔަ އަހަރު ވެސް އެމެރިކާއިން ޔޫއެންއެފްސީސީން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ސަމިޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުނީ ޖަމްޢިއްޔާތަކުން ވަކިވުމަށް އެ ޤައުމުން ނިންމީ ރައްޔިތުންގެ ފައިސާ އެ ޖަމްޢިއްޔާތަކަށް ޚަރަދުކުރަން ބޭނުން ނުވާތީއާއި އެމެރިކާގެ ސިޔާސަތުތަކާ ފުށުއަރާ ސިޔާސަތުތަކެއް ގެންގުޅޭ ޖަމްޢިއްޔާތަކުގައި އެ ޤައުމުން ބައިވެރިވާން ބޭނުން ނުވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޓްރަމްޕް ޙަވާލުވެވަޑައިގަތީންސުރެ ޓްެރަމްޕް ދަނީ އެމެރިކާއިން އދއާ ގުޅުން ބާއްވާ މިންވަރު ބޮޑުތަނުން މަދުކޮށްފައެެވެ. އެ ގޮތުން އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގައި އެމެރިިކާގެ ބައިވެރިވުން ކުޑަކޮށް، އދގެ ސަޤާފަތާބެހޭ އިދާރާ، ޔުނެސްކޯއިން އެމެރިކާ ވަނީ ވަކިވެފައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއާއި ޕެެެެރިސް ކްލައިމެޓް އެގްރިމަންޓުން އެމެރިކާ ވަކިވާނެ ކަމަށް ވެސް އޭނާ ވަނީ އިޢުލާނުކުރައްވައިފައެވެ.