ޚަބަރު

އައްޑޫ ސިޓީ ފޭދޫއިން އަންހެނަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަމުންދަނީ ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު

  • އޭނާ އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތިދުވަހުގެ މެންދުރު

އައްޑޫ ސިޓީ ފޭދޫއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ސ.ފޭދޫ ހަމްދަރުދީ ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރުކަމަށެވެ. އޭނާ ހޯދަމުންދަނީ ބުރާސްފަތި ދުވަހުގެ މެންދުރު އޭނާ ދިޔަތަނެއް ނޭނގިގެން ބުރާސްފަތި ދުވަހުގެ 14:52ގައި ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ހޯދުމަށް ކަމާބެހޭ ހުރިހާ ބަހާތަކަށް އެމަޢުލޫމާތު ހިއްސާކޮށް އޭނާ ހޯދަމުންދާކަމަށާއި މިހާތަނަށް އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ދެނެގަނެވިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންވަނީ ގެއްލިގެން ހޯދަމުންދާ ޙައްވާ ރާއިދާ މުނީރާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 97920058 އަށް ގުޅާ އެމަޢުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގަންނަވާފައެވެ.