ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ، އެކަމަށްޓަކައި ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެރަށަށް 115 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، މި ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށާއި، މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބަޔާންކުރެއްވި ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ޚާއްޞަ ކަމަކަށް ކުރާ އެއާޕޯޓުގެ މަސައްކަތަކީ، ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އެއީ ދިއްދޫއާއި މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މިއަހަރު ބިން ހިއްކުމާއެކު އެއަރޕޯޓްގެ އަމަލީ މަސައްކަތްފަށާއި، ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަނާއި ރަންވޭ އަދި ޢިމާރާތާއެކު ފެށޭ ހިސާބުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމައިދޭނަމޭ". ރައީސް ވިދާޅުވިއެވެ.

ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއަރޕޯޓު ތަރައްޤީކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑުވެގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.