ޚަބަރު

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ހަރަކާތްތެރިވަނީ


  • މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރު

ރ. ކިނޮޅަސް ކައިރިން ކަނޑުމަތީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް، އެއީ ކާކުކަން ނުވަތަ އެ މީހާ މަރުވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.