ދުނިޔެ

ސްރީނަގަރްގައި އިޢުލާނުކޮށްފައިވާ ކާފިއު އުވާލައިފި


ޖައްމޫ ކަޝްމީރުގެ އިންޑިޔާއާވީ ފަޅީގެ ވެރިކަންކުރާ ސްރީނަގަރްގައި އިޢުލާނުކޮށްފައިވާ ކާފިއު އުވާލައިފިއެވެ.

ސްރީނަގަރްގައި އިޢުލާނުކޮށްފައި އޮތް ކާފިއު އުވާލިނަމަވެސް، އެއަވަށުގައި ހަރަކާތްތެރިވާ ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިންގެ ފަރާތުން އިޢުލާނުކޮށްފައިވާ އިންޒާރަކާއި ގުޅިގެން ރައްޔިތުން މަގުމައްޗަށް ނިކުތުމަށް ޖެހިލުންވެއެވެ. ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އަމާޒުކޮށް ދާޚިލީ ވަޒީރު ރަޖްނާތު ސިންޙް އިސްކޮށް ހުންނަވައި، އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ވަފްދެއް އެއްކުރައްވާ، ހަނގުރާމަވެރިން ތަމްސީލްކުރާ ފަރާތްތަކާއި ބައްދަލުކުރައްވަން ހުށައެޅި ހުށައެޅުމަށްވެސް ހަނގުރާމަވެރިންގެ ފަރާތުން ދަނީ ދެކޮޅުހަދަމުންނެވެ.

ކަޝްމީރުގެ އާއްމުންގެ ތެރެއިން އެތައްހާސް ބަޔަކު ކޮންމެ ދުވަހަކު ސްރީނަގަރްގެ މަގުތަކު މައްޗަށް ނުކުމެ ނުރުހުން ފާޅުކުރަމުންދެއެވެ.