ކުޅިވަރު

އެތުލެޓިކްސް 19 އަހަރުން ދަށުގެ އެއްވަނަ ސްކޫލަކަަށް ސީއެޗްއެސްއީ


މައިލޯ 19 ވަނަ އިންޓަރސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންބައިގެ އެއްވަނަ ސްކޫލަކަށް ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން ސީއެޗްއެސްއީ ހޮވިއްޖެއެވެ. 

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ ކާމިޔާބު ސްކޫލަކަށް ސީއެޗްއެސްއީ ހޮވުނުއިރު، 17 އަހަރުން ދަށުގެ އަންހެން ބަޔާއި 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ސްކޫލަކީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ބަޔާއި 15އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ހޯދާފައިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. 13 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ މަދަރުސަތުއްޝެއިޚް މުޙައްމަދު ޖަމާލުއްދީން ހޯދިއިރު، މި އުމުރުފުރާގެ އަންހެންބައިގެ ޗެމްޕިއަން ސްކޫލަކީ ތާޖުއްދީން ސްކޫލެވެ. މުބާރާތުގެ 11 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ސްކޫލަކީ ހދ.އަތޮޅު އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި މި އުމުރުފުރާގެ ފިރިހެން އެއްވަނަ ސްކޫލަކީ އަމީނިއްޔާ ސްކޫލެވެ. 

img:http://s2.psmnews.mv/images/660x400/14730879899823.jpg|އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން

މުބާރާތުގެ އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، 19 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ ސީއެޗްއެސްއީގެ މުޙައްމަދު ހަނަމް އިސްމާއިލް، އަދި އަންހެން އެންމެ މޮޅު އެތްލީޓަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޚަދީޖާ އަޙްމަދެވެ. 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކަށް ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސައިފުއްﷲ އަޙްމަދު ހޮވުނުއިރު، މި އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތްލީޓަކީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރުއެވެ. 15 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓުންނަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ދެ އެތްލީޓުންނެވެ. އެއީ އިމްތިނާން ފާރޫގް އަދި އައިޝަތު ޝަބާ ސަލީމްއެވެ. 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހާޒިމް ހުސައިން ޝަރީފް އަދި 13 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކީ އިބްރާހިމް ޔައީޝް މުޙައްމަދެވެ. 11 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓަކީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު އާޔާ އަލީ އަދި މިއުމުރުފުރާގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ ތިނަދޫ ސްކޫލްގެ އަޙުމަދު އިދާމް އިސްމާއިލްއެވެ.