ވެލާނާ އިންޓަރނޭޝަނަލް އެއަރޕޮޓުގެ އައު ޕެސެންޖަރ ޓަރމިނަލުން ހައިސްކައި އެއާލައިނއަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ވީއައިއޭ ޓަރމިނަލް 1އިން ހައިސްކައި އެއަރލައިނަށް ޚިދުމަތް ދޭން ފެށުމަށް ޓަރމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.
Today, we officially welcomed HiSky’s inaugural flight to Terminal 1 at Velana International Airport with a ceremonial water salute. Passengers were warmly welcomed by the Group General Manager of Maldives Inflight Catering, Mr. Ali Shakir; Deputy Manager of Voyages Maldives, Mr.… pic.twitter.com/uP06Sm1ous
— Maldives Airports Company Ltd (@MACLmedia) December 27, 2025
މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރުއާއި، ހައިސްކައިގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ޓަރމިނަލް 1އިން ހައިސްކައިއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ޓަރމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
ހައިސްކައިއާއެކު ޓަރމިނަލް 1 އިން މިހާރު 38 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.