ޚަބަރު

މަރަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، 86 އަހަރުގެ މި މީހާ ގެއްލިގެން މިރޭ 11:00 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އައްޑޫ ސިޓީ މަރަދޫ ބަނދަރު ސަރަޙައްދުން މިރޭ ގާތްގަނޑަކަށް 12:00 ހާއިރުކަމަށެވެ.

ފުލުހުން މިހާރު ގެންދަވަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރައްވަމުންނެވެ.