ދުނިޔެ

ދަވާއޯގެ މާރުކޭޓެއްގައި އެއްޗެއް ގޮވާ 10 މީހުން މަރުވެއްޖެ


ޕިލިޕީންސްގެ ރައީސް ރޮޑްރީގޯ ދުތަރްތޭ ދިރިއުޅުއްވާ ސިޓީކަމަށްވާ ދަވާއޯގެ މާރުކޭޓެއްގައި އެއްޗެއް ގޮވާ 10 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.

ދަވާއޯގެ މާރުކޭޓެއްގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި ޔަޤީންވެފައެއް ނުވެއެވެ.

ފިލިޕީންސްގެ ރައީސްގެ ދަރިކަލުން އަދި އެޤައުމުގެ ޑެޕިއުޓީ މޭޔަރ ޕައޯލޯ ދުތަރްތޭ ވިދާޅުވީ މިޙާދިސާ ހިނގިއިރު، ރައީސް ހުންނެވީ ދަވާއޯގައި ކަމަށެވެ. އެހެންނަމަވެސް އެވަގުތު ހުންނެވީ ގޮވުން ގޮވި ސަރަޙައްދާ ދުރު ހިސާބެއްގައި ކަމަށާއި، އަދި ރައީސް ރޮޑްރީގޯ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށެވެ. ނަމަވެސް މިހާދިސާއަށްފަހު ރައީސްގެ ރައްކާތެރިކަމަށްޓަކާ ފުލުސް އޮފީހަށް ގެންގޮސްފައިވާކަމަށް އޭނާގެ ދަރިކަލުން ވިދާޅުވިއެވެ.

ގޮވުން ގޮވާފައިވަނީ ދަވާއޯގެ ޕާރކޯ ޕޯލޯ ހޮޓަލުގެ ކައިރީގައި ހުންނަ މާރކެޓެއްގައިކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުންގެ އޮފިޝަލަކު ބުނީ މިހާދިސާގައި 30ހަށް ވުރެ ގިނަ މީހުން ޒަޚަމެވެފައިވާކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ 5 އަންހެނުންނާއި 5 ފިރިހެނުންނެވެ.