"ގުޅީ ކައުންސިލު ފުޓްސަލް ފިއެސްޓާ" ގެ ފައިނަލު މެޗު ސްޕޯޓްސް ކޮމިޝަނަރ މުޙަންމަދު ޠަލާލް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ ޔުނައިޓެޑް ލަޔަންސް އަދި ވައި ކިންގ އެފްސީއެވެ. 3-1 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަވަނީ ޔުނައިޓެޑް ލަޔަންސްއިންނެވެ.
"ގުޅީ ކައުންސިލު ފުޓްސަލް ފިއެސްޓާ" ގެ އަންހެން ޑިވިޝަނުގައި އެންމެ ދެ ޓީމުން ބައިވެރިވެފަވުމާއެކު އަންހެން ޑިވިޝަނުގައި ކުޅެފަވަނީ ފައިނަލް މެޗު އެކަންޏެވެ. މިމެޗުގައި އެލް ޖީ ކުއީންސް އަދި އޮރަލީންސް ވާދަކުރިއިރު 9-0 ގެ ބޮޑު ތަފާތަކުން އެލް ޖީ ކުއީންސްވަނީ ފަސޭހަކަމާއެކު މުބާރާތުގެ ތަށި ހިއްލާލާފައެވެ.
ފައިނަލު މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ސްޕޯޓްސް ކޮމިޝަނަރވަނީ ތަށްޓާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި 5 ޓީމަކުން ވާދަކޮށްފަވާއިރު، އަންހެން ޑިވިޝަނުގައި ވާދަކޮށްފަވަނީ 2 ޓީމެވެ.