ވިޔަފާރި

"މޮޓޯ އެނަރޖީ ޑްރިންކް" ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފި


ދުބާއީގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "މޮޓޯ އެނަރޖީ ޑްރިންކް" ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފިއެވެ.

"މޮޓޯ އެނަރޖީ ޑްރިންކް" ރާއްޖޭގެ މާރކެޓަށް ތަޢާރަފުކޮށްފައި ވަނީ މެކްސް ލެވެލްޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަލިމަސް ކާނިވާ ސަރަޙައްދުގައި "ޕޮޒިޓިވް ވައިބްސް – ބައި މޮޓޯ"ގެ ނަމުގައި ކުރިއަށްގެންދިޔަ ޙާއްސަ މިއުޒިކް ޝޯވއެއްގައެވެ. މި ޝޯވގައި ރާއްޖޭގެ ބައެއް މަޝްހޫރު މިއުޒިކް ފަންނާނުންގެ ޚާއްސަ ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ޝޯވ ކުރިއަށްދިޔަ ވަގުތު ގިނަ އަދަދެއްގެ ޒުވާނުން މި ޝޯވ ބަލާލުމަށް ކާނިވާ ސަރަހައްދަށް ޖަމާވެފައިވެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޝޯވގައި ލަވަ ހުށައަޅައިދިން ފަރާތްތަކުގެ ތެރޭގައި ޓްރެފިކް ޖޭމާއެކު މޯލްޑިވިއަން އައިޑަލްއިން ވިދާލި އަޙްމަދު ނަޒީހު، ޑީޖޭ އެންޖީ، އަދި އެކުއަޓިކް ވައިބް ހިމެނެއެވެ. މީގެ އިތުރުން ހަރުބީ ބޮޑުބެރު ގްރޫޕުގެ ތަފާތު ހުނަރުތަކެއްވެސް މިޝޯވއިން ވަނީ ފެނިގެންގޮސްފައެވެ.

fb:https://www.facebook.com/PositivEnergyMV/videos/1277499215607297/

މި ޝޯވ އިންތިޒާމް ކުރި ފަރާތްކަމަށްވާ މެކްސް ލެވެލް ޕްރައިވެޓް ލިމިޓެޑުން ބުނީ "ޕޮޒިޑިވް ވައިބްސް" ގެ ނަމުގައި އެނާރޖީ ޑްރިންކެއް ތަޢާރަފުކުރުމަށް މިފަދަ މިއުޒިކް ޝޯވއެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ މުޖުތަމަޢު ތެރޭގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ދިރުވާ އާލާކުރުންކަމަށެވެ. އަދި މި ޝޯވގެ ތެރޭގައި ކުރިއަށް ގެންދިޔަ އެކި ކަހަލަ ކުޅިވަރުތަކުގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއްވެސް ދީފައިވެއެވެ.

"މޮޓޯ އެނާރޖީ ޑްރިންކް" ރާއްޖޭގައި ޕްރޮމޯޓް ކުރުމަށްޓަކައި މިފަދަ އިތުރު ހަރަކާތްތަކެއްވެސް ހިންގުމަށް ރާވާފައިވާކަމަށްވެސް މެކްސް ލެވެލް އިން ބުންޏެވެ. "ޕޮޒިޓިވް ވައިބްސް - ބައި މޮޓޯ" މިއުޒިކް ޝޯވގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއެވެ. އެގޮތުން ޕީ.އެސް.އެމުން ވަނީ "ޔެސް ޓީވީ" މެދުވެރިކޮށް މި ޝޯވ ވަގުތުން ދައްކާފައެވެ.