ދުނިޔެ

"ކަޓްލާ" އަލިފާން ފަރުބަދަ ގޮވާފާނެކަމުގެ ބިރު ހީވެއްޖެ


ހޯމަދުވަހު އައި ބިންހެލުންތަކަކާ ގުޅިގެން އައިސްލެންޑުގެ އެންމެ ބޮޑު އަލިފާން ފަރުބަދަ "ކަޓްލާ" ގޮވާފާނެކަމުގެ ބިރު ހީވެއްޖެއެވެ. 

އުސްމިނުގައި 1500 މީޓަރު ނުވަތަ 5000 ފޫޓު ހުންނަ އައިސްލެންޑުގެ އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވާފާނެކަމުގެ ބިރު ބޮޑުވެފައިމިވަނީ، ހޯމަދުވަހު ހެނދުނު އެސަރަޙައްދަށް 4.5 މެގްނިޓިއުޑްގެ ދެ ބިން ހެލުމެއް އައުމާ ގުޅިގެނެވެ. 

މިފަރުބަދަ އެންމެފަހުން ގޮވާ، އަލިފާން ފައިބާފައިވަނީ 1918 ވަނަ އަހަރުއެވެ. ސައިންސްވެރިން ބުނީ އާއްމުކޮށް މިފަރުބަދަ ގޮވަނީ ކޮންމެ ފަންސާސް އަހަރަކުން އެއް ފަހަރުކަމަށެވެ. 

އައިސްލެންޑުގެ މޫސުމާބެހޭ އިދާރާއިން ބުނީ، ކަންކަން ހިނގަމުންދާގޮތް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަލިފާން ފަރުބަދަ އެހާއަވަހަށް ގޮވާފާނެކަމަށް ނުބެލެވޭކަމަށާއި، ނަމަވެސް އެހެން އަދި ނުނިންމާނޭކަމަށް އެއިދާރާއިން ބުނެއެވެ. 

2012 ވަނަ އަހަރު ކަޓްލާ އަލިފާން ފަރުބަދަކައިރީގައި އެހެން ފަރުބަދައެއް ގޮވާ އަޅި ފޭބުމާ ގުޅިގެން، މުޅި ޔޫރަޕަށް އޭގެ އަސަރުކޮށް، އެބައްރުގެ ވައިގެ ސަރަޙައްދުގެ ބޮޑުބައެއް ބަންދުކުރަންޖެހުނެވެ. އަދި ހާހެއްހާ ފްލައިޓްގެ ދަތުރުތަކަށް ބުރުއެރިއެވެ.