ބާސެލޯނާގެ ކެޕްޓަން ރޮނަލްޑް އަރައުހޯ އަށް ނަފްސާނީ ގޮތުން އުނދަހޫވުމުން އޭނާ ލައްވައި ކުރިއަށް އޮތް މެޗު ވެސް ނުކުޅުވަން ނިންމައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ލައްވައި ނުކުޅުވާނެކަން ކޯޗު ހަންސީ ފްލިކް މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ. އަރައުހޯ އަށް ނަފްސާނީ ގޮތުން އުނދަގޫތަކެއް ދިމާވެފައިވަނީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ ޗެލްސީ އަތުން 3-0އިން ބާސެލޯނާ ބަލިވި މެޗުގައި އޭނަ އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. މިއާއެކު އޭނާ އަށް އަމާޒުވި ފާޑުކިއުންތަކާއެކު އަރައުހޯގެ އެޖެންޓް ވެސް ވަނީ ބާސެލޯނާގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.
ކުޅުންތެރިޔާގެ ދިފާއުގައި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.
"އެންމެ މުހިންމީ އޭނާގެ ދުޅަހޮޔެކަން. އޭނާ އަކީ އަހަރުމެންގެ ކެޕްޓަން. އޭނާ އަށް ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވެއްޖެ. އެއީ އިންސާފެއްނޫން. އޭނާ މުޅިން ހަމަޖެހިގެން ކުޅެން ނުކުންނަން އަހަރުމެން މިވަނީ ފުރުސަތު ދީފައި،" ލަޕޯޓާ ބުންޏެވެ.
އަރައުހޯ އަށް ބާސެލޯނާގެ ސަޕޯޓަރުންގެ ނުރުހުން އޮންނަނީ އޭނާ އަށް ގިނަ މެޗުތަކެއްގައި އެއް ފެންވަރެއްގައި ނުކުޅެވި ހެދޭ ގޯސްތައް ގިނަވުމުންނެވެ.