ސިއްހަތު

އޭޑީކޭ އެކްރެޑިޓްކުރުން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި


އޭޑީކޭ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ބަލައި އެކްރެޑިޓްކުރުމުގެ މަސައްކަތް އިންޑިއާގެ "ކޮލިޓޭޓް މެޑިކެެެއަރ" ކުންފުންޏާ ޙަވާލުކޮށްފިއެވެ. 

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، ނޭޝަނަލް އެކްރިޑިޓޭޝަން ބޯޑް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް (އެންއޭބީއެޗް)ން އެ ހޮސްޕިޓަލް އެކްރެޑިޓްކުރުމުން އޭޑިކޭއިން ކުރަންޖެހޭ މަސައްކަތް ބޮޑުވާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގެ މުވައްޒަފުންވެސް ތަމްރީނުކޮށް އެކްރެޑިޓްކުރުމަށް މަސައްކަތް ކުރާނެކަމަށް އައްފާލް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14725659962956.jpg|އޭޑީކޭ ހޮސްޕިޓަލް އެކްރިޑިޓްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"މި ސެޓްފިކެޓް ހޯދުމަކީ ފަސޭހަކަމެއް ނޫން. ސެޓްފިކެޓް ލިބޭ ފަހުންވެސް ކޮންމެ އަހަރަކުވެސް ކޮލިޓޭޓް މެޑިކެއަރއިން ހޮސްޕިޓަލް އެސެސްކުރާނެ. އަދި ހޮސްޕިޓަލުގެ އެނދުތައް ގިނަވެ، ދޭ ޚިދުމަތްތައް އިތުރުވާވަރުން އެސެސްކުރަންޖެހޭ ކަންތައްތައް އިތުރުވާނެ. މިގޮތުން ފުރަތަމަ ތަމްރީނު ޕްރޮގްރާމް މިފެށޭ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން މިދަނީ. އެޕްރޮގްރާމްގައިވެސް އޭޑީކޭ އަދި އެހެން ހޮސްޕިޓަލްތަކުގެ މުވައްޒަފުންވެސް ބައިވެރިވާނެ" އައްފާލް ވިދާޅުވިއެވެ.

ނޭޝަނަލް އެކްރިޑިޓޭޝަން ބޯޑް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑާރސް (އެންއޭބީއެޗް)އަކީ އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ އެހެން ޤައުމުތަކުގައިވެސް ބަލައިގަންނަ އެކްރެޑިޓް ސިސްޓަމެކެވެ.