މުނިފޫހިފިލުވުން

އައިޝްވާރިޔާއާއި ރަންބީރު ކުޅުނު ފިލްމުގެ ޓްރެއިލަރ ބަލައިފިންތަ؟


ކަރަން ޖޯހަރުގެ އައު ފިލްމް، އާއޭ ދިލްހޭ މުޝްކިލްގެ ފުރަތަމަ ޕޯސްޓަރ ދައްކާލުމާއެކު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައީ ފިލްމުގެ ޓްރެއިލަރ ރިލީޒްކުރާނެ ވަގުތަކަށެވެ.

img:http://s2.psmnews.mv/images/660x400/14725529807487.jpg|

ފިލްމްގެ ފުރަތަމަ ޕޯސްޓަރ ޓްވިޓަރގައި އާންމުކުރިތާ އިރުކޮޅެއްގެ ތެރޭގައި ފިލްމްގެ 2 ވަނަ ޕޯސްޓަރާއި 3 ވަނަ ޕޯސްޓަރުވެސް ވަނީ އާންމުކޮށްފައިއެވެ. މިއާއެކު މުޅި ސޯޝަލް މީޑިއާގައި މި 3 ޕޯސްޓަރުވަނީ ގުގުމާލާފައިއެވެ. ޕޯސްޓަރުތަކަށް ބަލާއިރު ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްކަން ޔާގީންވެއެވެ. މި ފިލްމްގެ ޕޯސްޓަރުތައް އާންމުކުރިތާ 24 ގަޑިއިރު ނުވަނީސް ފިލްމް ޓްރެއިލަރ އާންމުކޮށްފައިވާއިރު، ޓްރެއިލަރ ރިލީޒްކުރިތާ 12 ގަޑިއިރު ނުވަނީސް ޔޫޓިއުބްގައި ޓްރެއިލަރއަށްވަނީ ދެލައްކައަށްވުރެ ގިނަ ހިޓް ލިބިފައެވެ.



ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ ބައްޗަން އަދި އަނުޝްކާ ޝަރުމާގެ އިތުރުން ފަވާދު ޚާން ފެނިގެންދާ ފިލްމް ޓްރެއިލަރއިން ވަނީ ގިނަ ސަސްޕެސްތަކެއް އުފައްދާފައެވެ. އެގޮތުން ރަންބީރު ކަޕޫރު އައިޝްވާރިޔާއާއެކު ލޯބީގެ މަންޒަރުތައް ފެނިގެންދާއިރު އަނުޝްކާޔާއެކުވެސް މިފަދަ މަންޒަރުތަކެއް ފެނިގެންދެއެވެ. ހަމަމިއާއެކު ފަވާދު ޚާންއާއި އަނުޝްކާއާއިއެކު ފެނިގެންދާއިރު ރަންބީރު އާއި ފަވާދުގެ ކޯޅުމެއްވެސް ޓްރެއިލަރއިން ފެނިގެންދެއެވެ. ޓްރެއިލަރ ބަލާލުމަށްފަހި ގިނަ ބަޔަކުވަނީ އައިޝްވާރިޔާއާއި ރަންބީރުގެ ޖޯޑަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައެވެ.