ޚަބަރު

މެނޭޖީރިއަލް ސެމިނަރއެއް މިއަދު މާލޭގައި ފަށައިފި


ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި މަޓާޓޯއިން ކުރާ މަސައްކަތްތަކުގެ ދަށުން، މެނޭޖީރިއަލް ލެވަލްގައި ހަރުދަނާ ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެމިނަރއެއް ފަށައިފިއެވެ.

އޮގަނައިޒޭޝަން ހިންގުމުގައި މަސައްކަތްކުރާ މެދުފަންތީގެ އޮފިޝަލުން އަމާޒުކުރެވުނު މި ސެޝަންގެ މަޢުޟޫޢަކީ "ޑީލިންގ ވިތު ޕީޕަލް ހޫ ޑްރައިވް ޔޫ ކުރޭޒީ" އެވެ. ސެމިނަރގައި މަޢުލޫމާތު ދެއްވަނީ ދުނިޔޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޑރ.ޖޮއެލް ފްރީމެންއެވެ. img:http://s4.psmnews.mv/images/660x400/14729851007528.jpg|ޑރ.ޖޮއެލް ފްރީމެން މަޢުލޫމާތު ދެއްވި މެނޭޖްމަންޓް ސެމިނާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އެއްދުވަހުގެ މި ސެމިނަރއާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒު ވިދާޅުވީ މި ސެމިނަރގެ ބައިވެރިންނަށް މެނޭޖީރިއަލް ލެވަލްގައި ކުރިމަތިވާ ގޮންޖެހުންތަކުގައި އަމަލުކުރާނެ ގޮތްތައް ސެމިނަރގައި ކިޔާދޭނެ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14729851121006.jpg|ޑރ.ޖޮއެލް ފްރީމެން މަޢުލޫމާތު ދެއްވި މެނޭޖްމަންޓް ސެމިނާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މަޓާޓޯއިން ވަނީ ސްރީލަންކާގެ މެކުއަރެންސް އެންޑް ޖޯންސްއާ ގުޅިގެން ރާއްޖޭގައި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މިއަދުގެ ސެމިނަރއަކީވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ ސެމިނަރއެކެވެ. img:http://s2.psmnews.mv/images/660x400/14729851457642.jpg|ޑރ.ޖޮއެލް ފްރީމެން މަޢުލޫމާތު ދެއްވި މެނޭޖްމަންޓް ސެމިނާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މުނާޒު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާއިން މީހުން ބިނާކުރުމަށްޓަކައި މަޓާޓޯއިން ވަނީ ކޮންމެ ދެމަހަކުން އެއްމަހު ސެމިނަރއެއް ބޭއްވުމަށް ރާވާފައި ކަމަށެވެ. ނަމަވެސް އެގޮތަށް ސެމިނަރތައް ބޭއްވޭނީ ލިބޭ ތަރުޙީބަކަށް ބެލުމަށްފަހު ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.  

މި ސެމިނަރގައި 80 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.