ދުނިޔެ

ޓެރަރިޒަމް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި


ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެން އުޅުއްވާ މިޔަންމާގެ ރައީސް ޔޫ ހިތީން ކިޔޯއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޓެރަރިޒަމް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ މި ދެބޭފުޅުން ބޭއްވެވި މަޝްވަރާތަކުގައި ޓެރަރިޒަމްގެ ޙަރާތްތަކުގެ އިތުރަށް ސަރަޙައްދީ އިމުގެ މައްސަލަތަކާމެދު މަޝްވަރާ ކުރެއްވިއެވެ. މިޔަންމާއަކީ ސްޓްރެޓީޖިކް ގޮތުން އިންޑިޔާއަށް މުހިންމު ބައިވެރިއެކެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ، ދެޤައުމުން 1،600 މޭލުގެ ސަރަޙައްދީއިން ހިއްޞާކުރާކަމެވެ.  

މިޔަންމާގެ ރައީސް ކިޔޯ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ މިއަހަރުގެ މާރޗްމަހު މަޤާމާއި ޙަވާލުވެވަޑައިގެންނެވިފަހުން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.