10 އަހަރަށް ފަހު ފަށާ އެފްއޭއެމްގެ ވުމަންސް ލީގު 2025 ހުޅުވާ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދްލުކުރަން ޖެހިއްޖެއެވެ.
އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ޑިސެންބަރުގެ ނިޔަލަށް ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗު އޮންނާނީ އެދުވަހު ހަވީރު ގަލޮޅު ދަނޑުގައެވެ. އެރޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ.
ދެވަނަ ދުވަހު ބައްދަލުކުރާނީ ބިސްބުރު އެކަޑަމީ އާއި މާޒިޔާ ސްޕޯޓްސް ކުލަބެވެ.
ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގައި އަންހެން ފުޓްބޯޅަ މުބާރާތް ކުރިޔަށްދާނީ ފީފާގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް ލީގު އުސޫލުންނެވެ.
ލީގު ފޯމެޓަށް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ. 35 މިނިޓްގެ ދެ ހާފް ކުޅުމަށް ހަމަޖެހިފައިވާ އިރު ކޯޓު ސައިޒަކީ ފުލް ދަނޑެވެ.
ދެ މެޗު ދޭތެރެއިން ކޮންމެ ޓީމަކަށްވެސް އެންމެ މަދުވެގެން ދެ ދުވަހުގެ ބްރޭކެއް ލިބޭގޮތަށް އުސޫލު ކަނޑައަޅާފައިވާއިރު މިއަދު ވަނީ ޓީމުތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ކުލަބުތައް ތަރުތީބުކޮށްފައިވާ ގޮތަށް ބަލާއިރު ޓީސީ ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް އޭގައެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް ބީގައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އޮތީ ގުރޫޕް ޑީގައެވެ. އޮޑި ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް އީގައެވެ. އަދި ވިކްޓްރީ ސްޕޯޓްސް ކުލަބު އޮތީ ގުރޫޕް އެފްގައެވެ.
.