ޚަބަރު

އެންޓި ކޮރަޕްޝަން ކޮމިޝަނުން، އިންޕޮމޭޝަން ޕްރޮގްރާމެއް ފަށައިފި


އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފަސޭހަކަމާއެކު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ގޮތުން އިންޕޮމޭޝަން ޕްރޮގްރާމެއް އިފްތިތާހް ކޮޮށްފިއެވެ.

ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި ޓީވީ ޑްރާމާ ސިލްސިލާ "ބިތުފަންގި" ސީޒަން 2ގެނިމުން ފާހަގަކުރުމަށްޓަކައި ރޭ އާރޓް ގެލަރީގައި ބޭއްވި ޖަލްސާގައި މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ. މިޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުންއެންޓި ކޮރަޕްޝަން ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛު މުޢައްވިޒް ރަޝީދު ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތްތަކުގެ މައިގަނޑު އަމާޒަކަށްވާނީ ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތާމެދު އާއްމު ހޭލުންތެރިކަން އިތުރުކޮށް ތެދު މައުލޫމާތު ހާމަކުރުން ކަމަށެވެ.

ދައުލަތުގެ އިދާރާއަކުން ޢާއްމުންނަށް ހިންގާ މިފަދަފުރަތަމަ ޕްރޮގްރާމްގައި ކޮރަޕްޝަންގެ ޢަމަލުތަކާއި ގުޅޭގޮތުން ތަފާތު ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

މި ޖަލްސާގައި އެންޓި ކޮރަޕްޝަނުން ކޮންމެ ތިން މަހުން އެއްމަހު ނެރެމުންދާ "ބިތުފަންގި-ބްލެޓިން" ގެ ތިންވަނަ އަދަދުވެސްވަނީ ނެރެދެއްވާފައެވެ.