ކުޅިވަރު

ހާއްސަ މެޗްގެ ޓިކެޓްގެ ދެބައިކުޅަ އެއްބައި ވިކިއްޖެ


މާދަމާ ކުޅޭ ހާއްސަ މެޗްގެ ޓިކެޓްގެ ދެބައިކުޅަ އެއްބައި ވިކިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާ މިހާރުގެ ޤައުމީ ޓީމް ކުޅޭ ހާއްސަ ފުޓްބޯޅަ މެޗްގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެފްއޭއެމްއިން ހާމަކުރެއެވެ. މެޗްގެ ޓިކެޓް ވިއްކަމުންދަނީ ގޮނޑިބަރިން 100 އަށް އަދި ސިޑި ބަރިން 50 ރުފިޔާއަށެވެ. މިމެޗަށް އެފްއޭއެމްއިން ވަނީ ބާސެލޯނާގެ ކުރިގެ ކެޕްޓަން ޒަވީގެ އިތުރުން އާޖެންޓީނާގެ ކުރީގެ ތަރި އަޔާލާ ގެނެސްފައެވެ. މީގެ އިތުރުން ދެހާސްއަށްވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގެ ކޯޗް ޖޯސެފް ޔަންކޭވެސް ވަނީ މިއަދު މާލެ އައިސްފައެވެ.

މާދަމާ ރޭ ނުވައެއް ޖަހާއިރު ކުޅޭ ހާއްސަ މެޗްގައި ތަފާތު ގިނަކަންތައްތަކެއް ފެންނާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.  މިމެޗަށްފަހު ޤައުމި ޓީމް ތައްޔާރުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށެވެ.

 މިމެޗްތައް ޕީއެސްއެމްގެ ޔެސްޓީވީއިންނާއި ޓީވީއެމްއިން ވަގުތުން ގެނެސްދޭނެއެވެ. އަދި މެޗް ހިނގަމުންދާގޮތް ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ފޮނުވާނެއެވެ.