ކުޅިވަރު

އިންޑިޔާ ހަ ދަރަޖަ ފަހަތަށް، ރާއްޖެ ކުރީގެ މަގާމުގައި


ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އިންޑިޔާ ހަ ދަރަޖަ ފަހަތަށް ވެއްޓުނުއިރު ރާއްޖެ ކުރީގެ މަގާމު ދިފާއުކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ފީފާއިން ރޭ ނެރުނު ރޭންކިންގައި ދެކުނު އޭޝިޔާގެ ހަތް ގައުމުގެ ތެރެއިން މަގާމަށް ބަދަލެއް ނާންނަ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. ދިވެހިނަކީ ދުނިޔޭގެ 173 ވަނަ އެވެ.

އިންޑިޔާ ހަ ދަރަޖަ ފަހަތަށް ވެއްޓި މިހާރު ލިބިފައިވަނީ ދުނިޔޭގެ 142 ވަނަ އެވެ. ސާކުގެ ގައުމުތަކުގެ ތެރެއިން ކުރިއެރުން ލިބުނީ ހަމައެކަނި ބަނގްލަދޭޝް އަށެވެ. އެ ގައުމު ތިން ދަރަޖަ ކުރިއަށް ޖެހި މިހާރު އޮތީ ދުނިޔޭގެ 180 ވަނާގަ އެވެ.

ނޭޕާލް ދެ ދަރަޖަ ފަހަތަށް ، އަދި ބޫޓާން ވަނީ ތިން ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ލަންކާ އާއި ޕާކިސްތާން ވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.

ސާކް ގައުމުތަކުގެ ރޭންކިން:

142 ވަނަ އިންޑިޔާ
173 ވަނަ ދިވެހިރާއްޖެ
180 ވަނަ ބަނގްލަދޭޝް
182 ވަނަ ނޭޕާލް
192 ވަނަ ބޫޓާން
194 ވަނަ ސްރީލަންކާ
199 ވަނަ ޕާކިސްތާން