ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފްގެ އައު ލޯގޯ ތައާރަފްކޮށްފި އެވެ.
މި ލޯގޯ ތައާރަފްކުރީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރެވެ.
މަޝްހޫރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ ޖަމާއަތް ކަމަށްވާ ސާފްގެ އައު ލޯގޯ ތައާރަފް ކުރުމަށްފަހު އެ ޖަމާއަތުގެ ރައީސް ބަނގަލްދޭޝްގެ ޢާޒީ ސަލާހުއްދީން ވިދާޅުވީ އައު ލޯގޯ އަކީ ސާފުގެ ބްރޭންޑް އިތުރަށް ވަރުގަދަކޮށްދޭ ޖަމިއްޔާ އިތުރަށް އިސްތިހާރުކޮށްދޭނެ ލޯގޯ އެއް ކަމަށެވެ.
"އައު ޑިޒައިންއިން ދައްކައިދެނީ އަހަރުމެން ސަރަހައްދީ ފުޓްޅަ ކުރިއަރުވަން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް،" ސަލާހުއްދީން ވިދާޅުވި އެވެ.
މި ލޯގޯ ފަރުމާކުރީ ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގައި މަސައްކަތް ކުރާ ސުޕުން ދި ރާޖަޕަކްސާ އެވެ. މި ލޯގޯ އަކީ ސާފުގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ފަރުމާކުރި ލޯގޯތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ލޯގޯ އެވެ.