ބޮޑެތި މުބާރާތަކަށް ދާއިރު ކުޅުންތެރިން ބޭނުންވަނީ އިތުރު ވަސީލަތްތައް ކަމަށާއި، އޭރަށް ރާއްޖޭގެ ހޭންޑް ބޯޅައިން ތަފާތު ފެންނާނެ ކަމަށް ޤައުމީ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ފިރުނަސް ޢަބްދުﷲ ބުނެފިއެވެ.
މެޗަށްފަހު އެމްއޯސީ މީޑއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެކި ކަހަލަ ކޯޓުތަކުގަ ކުޅުމުގައި ހުރި އުނދަގޫތައް ބަލައި، މީހަކަށް ވަޒަން ނުކުރެވުނަސް ހުންނަ އުނދަގޫތައް އެނގޭނީ ކުޅުންތެރިޔާއަށް ކަމަށެވެ. އަދި ފަރިތަނުކުރާ ތަނެއްގައި ކުޅޭ ނަމަ އޭގެ ސަބަބުން ކުޅޭ ކުޅުމަށް ބޮޑު އަސަރެއް ކުރާ ކަމަށެވެ.
ފިރުނަސް ބުނީ ކުރިން ކުޅުނު މެޗަށްވުރެ ދެވަނަ މެޗުގައި ވަރަށް ބޮޑު ތަން ކުޅުން ރަނގަޅު ކުރި ކަމަށެވެ. ފުރަތަމަ މެޗުން ހެދުނު ގޯސްތައް ބަލައިގެން ދެވަނަ މެޗަށް ދިޔައީ ހެދޭ ގޯސްތައް މަދުކުރަން ވިސްނައިގެން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށްވެސް އޭނާ ބުންޏެވެ.
"ލިބޭ އެއްޗެހިތައް ގިނައިން ނިންމާ ތަންކޮޅެއް ރަނގަޅުކުރަން ވިސްނައިގެން އައީ. ބޮޑަށް ފޯކަސް ކޮށްގެން ކުޅުނީމަ ކަންނޭންގެ ފުރަތަމަ މެޗަށްވުރެ ރަނގަޅަށް ކުޅެވުނީ. އެންމެންވެސް ތިބީ އެ ގޯސްތައް ރަނގަޅު ކުރަން ވަރަށް ބޮޑަށް ވިސްނައިގެން" ފިރުނަސް ބުންޏެވެ.
ރާއްޖޭއިން ހޭންޑްބޯޅައިގައި އިތުރަށް ކުރިއަށް ދާން ބޭނުންވާނަމަ ބޭނުންވަނީ ވަސީލަތްތައް ކަމަށާއި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި މިހާރު ކުރިޔަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެ ފެންނަނީ އެ ތަފާތުކަމަށް އޭނާ ބުންޏެވެ.
ފިރުނަސް ބުނީ ކުރިން ކުޅުނު މެޗަށް ވުރެ މިހާރު ވަރަށް ބޮޑު ތަން ކުޅުން ރަނގަޅު ކޮށްފއިވާކަމަށެވެ. ފުރަތަމަ މެޗުން ހެދުނު ގޯސްތައް ބަލައިގެން ދެވަނަ މެޗަށް އައީ ހެދޭ ގޯސްތައް މަދުކުރަން ވިސްނައިގެން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
ރާއްޖޭގެ ފިރިހެން ހޭންޑް ބޯޅަ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ 43 ލަނޑުގެ ތަފާތަކުން ބަލިވެފައެވެ.