އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން ފިލިޕީންސްއާއި ދެކޮޅަށް މާދަމާ ނުކުތުމަށް ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ގައުމީ ޓީމު އޮތީ މެޗަށް ތައްޔާރުވެފަކަމަށާއި ހުރިހާ ކުޅުންތެރިންގެ ފިޓްނެސް ލެވެލްވެސް ރަނގަޅުކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ މެޗުގެ ތައްޔާރީތައް ދިޔައީ ރަނގަޅަށް ކަމަށެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށްވެފައި ކުޅުންތެރިން ގާތްގާތުގައި މެޗުތައް ކުޅެމުން ދިއުމަކީ މިމެޗަށް ލިބުނު ފައިދާއެއްކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ކުޅުންތެރިން މިހާރު ތިބީ ވަރަށް ފިޓްކޮށްކަމަށް މޯހަން ބުންޏެވެ.
"ކުޅުންތެރިންގެ ފިޓްނެސްއާ ދޭތެރޭގަ މާބޮޑު ސުވާލެއްކުރާކަށް ނުޖެހޭ. ކުލަބުތަކުން ގަވާއިދުން މެޗުތައް ކައިރިކައިރީގަ ކުޅެމުން ދާތީވެ ކުޅުންތެރިން ފިޒިކަލީ ވަރަށް ފިޓްކޮށް ތިބީ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މޯހަން ބުނެފަވެއެވެ.
މެޗަށް ތައްޔާރުވުމަށް ކުރެވުނު ފަރިތަކުރުންތަކުގަ ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަން ކޯޗު ފާހަގަކުރިއެވެ. ޓީމުގެ ކުޅުންތެރިންގެ ހިތްވަރާއެކު ގައުމީ ޓީމުން މިހާރުވަނީ މެޗަށް ފުރިހަމައަށް ތައްޔާރުވެފަކަމަށް އޭނާ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަންބުނީ އަމިއްލަ ދަނޑުގައި މެޗު ކުޅެލަން ލިބުމަކީ ޓީމަށް ލިބޭ ބޮޑު ފައިދާއެއްކަމަށެވެ. އެގޮތުން ޓީމަށް ސަޕޯޓުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ދާނެކަމަށް އުންމީދުކުރާކަމަށް އޭނާ ބުންޏެވެ. ސަޕޯޓަރުންގެ ތަރުހީބަކީ ޓީމަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރުކަމަށް މޯހަން ބުންޏެވެ.
"ކޮންމެ ގޮތެއްވިޔަސް ހޯމްގަ ކުޅެން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންނަށްވެސް ކުޅުންތެރިންނަށްވެސް. ސަޕޯޓަރުން އިރާދަކުރެއްވެއްޖިއްޔާމު ވަންނާނެކަމަށް މި ގަބޫލުކުރަނީ. އެހެންވެއްޖެކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ވަރަށް ބޮޑު ހިތްވަރެއް ހަގީގަތުގަ ސަޕޯޓަރުންނަކީ" މޯހަން ބުނެފަވެއެވެ.
މޯހަން ބުނީ ކޮންމެ މެޗަކީވެސް ތަފާތު މެޗަކަށްވާނެކަމަށެވެ. ފިލިޕީންސްއަކީ މިވަގުތު ގްރޫޕްގެ އެއްވަނަ ޓީމުކަމަށް ވިޔަސް އެޓީމު ބަލިނުކުރެވޭނެކަމަށް ގަބޫލުނުކުރާކަމަށް އޭނާ ބުންޏެވެ. ކޮންމެ މެޗަކަށްވެސް ގައުމީ ޓީމު ނުކުންނަނީ މޮޅުވުމުގެ ރޫހުގަކަމަށާ މެޗަށް ތައްޔާރުވާނީ އިދިކޮޅު ޓީމުގެ ކުޅުމުގެ ވައްޓަފާޅި ދެނެގަނެގެންކަމަށް ކޯޗު ފާހަގަކުރިއެވެ.
"ފިލިޕީންސްއަކީ މިވަގުތު މި ގްރޫޕްގަ އޮތް އެންމެ ގަދަ ޓީމު. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ނަތީޖާ ނުނެރެވޭނެއެކޭ ނޫން. އެހެންނަމަވެސް އަޅުގަނޑުމެންވެސް އެމީހުންނަށް އެދޭންޖެހޭ ރެސްޕެކްޓް ދީގެން އެމީހުންގެ ކޮބައިތޯ ގަދަކަމަކީ ބަލައިގެން އެމީހުންގެ ކުޅުމުގެ ސްޓައިލަޝާއި މިހުރިހާ ކަމަކަށް ބަލައިގެން އަޅުގަނޑުމެން މިމެޗަށް ތައްޔާރުވަނީ" މޯހަން ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ ޕޮއިންޓް ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ފުލުގައެވެ. އަދި ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އަނެއް މެޗުން ޕޮއިންޓެއް ހޯދައިފައެވެ. ދެވަނައިގައި އޮތް ތަޖިކިސްތާނަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ކުރި ހޯދައިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވ