ސިއްހަތު

އެޑްވާންސް ޓެކްނޮލޮޖީ ސީޓީ ސްކޭންގެ ޚިދުމަތް އޭޑީކޭއިން


އޭޑީކޭ ހޮސްޕިޓަލުން ދޭ ޚިދުމަތް ފުޅާކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެ ހޮސްޕިޓަލްގައި ތަޢާރަފްކުރީ އެޑްވާންސް ސީޓީ ސްކޭންގެ ޚިދުމަތެވެ. ޒަމާނީ ޓެކްނޮޖީގެ އެހީއާއެކު ފަރުމާކޮށްފައިވާ މިމެޝިން މެދުވެރިކޮށް، ސީޓީ ސްކޭން، އެމްއާރް، އަލްޓްރާ ސައުންޑް ސްކޭން ފަދަ ޚިދުމަތް ލިބިގެންދާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަޒްލީން އަޙުމަދު ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން ތަޢާރަފްކުރި އެޑްވާންސްޑް ޓެކްނޮލޮޖީ ސީޓީ ސްކޭންގެ ޚިދުމަތަކީ ދިވެހިންނަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށާއި ސިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގެންނަ އިންޤިލާބީ ބަދަލުތައް ދިވެހި ރައްޔިތުން ބަލައިގަންނަންޖެހޭ ކަމަށެވެ.

"މި ޚިދުމަތަކީ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންގެ ލަފޔާ އިރުޝާދާ ލިބިގެންދާނެ ޚިދުމަތެށް. އަޅުގަނޑުގެ އިލްތިމާޒަކީ މި ޚިދުމަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕަވާށޭ. އަދި ސިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރާ އަމިއްލަ ފަރާތްތަކުން ގެންނަވާ ބަދަލުތަށް ބަލައިގަންނަންޖެހޭ'' އަޒްލީން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14722915643560.jpg|އޭޑީކޭ ހޮސްޕިޓަލުން އިފްތިތާހުކުރި އެޑްވާންސް ޓެކްނޮލޮޖީގެ ސީޓީ ސްކޭން މެޝިިން

ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ދެމުން ގެންދާ ފަރުވާއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދެވޭ ފަރުވާކަމަށް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން ރާއްޖެއިން ލިބެން ހުންނަ ބައެއް ޚިދުމަތްތައް ހޯދަން ރާއްޖެއިން ބޭރަށް ދިއުމަށް ބޮޑެތި ޚަރަދުތަކެއް ކުރާކަން ފާހަގަކުރެއްވިއެވެ.

''މިދެންނެވި ފަރުވާ ރާއްޖެއިން ލިބެން ހުއްޓާ ވަރަށް ދިގު ދަތުރުކޮށްފައި، ވަރަށް ގިނަ ޚަރަދުކޮށްފައި، ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން. މި ހޯދާ ފަރުވާ ރާއްޖެއިން ލިބެން މިހުރި ފަރުވާޔާ އެއްވެސް ތަފާތެއް ނެތް. އަދި ކުރެވެ އޮޕަރޭޝަންތަކާއި ދެވޭ ސިއްޙީ ޚިދުމަތުގެ ޔަޤީންކަން އެވަރަށް ނުވަޔަށް އެއަށްވުރެ ކެއަރިންގ ގޮތަށް އަޅާލުމާ  ލޮއެތްބާއެކު ދިވެހި ޑޮކްޓަރުންގެ ފަރާތުން ލިބެން ހުއްޓާ  މިއަދު ރާއްޖެއިން ބޭރަށް ދިއުން ހުއްޓާލަންޖެހޭ" އަޒްލީން ވިދާޅުވިއެވެ.

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ، އަލަށް ތަޢާރަފްކުރި ސީޓީ ސްކޭން މެޝިން މެދުވެރިކޮށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ސްކޭން ހަދާލެވޭނެ ކަމަށާއި އަދި ބަލިމީހާ ސްކޭން މެޝިންގެ ތެރޭގައި އޮންނަ ވަގުތުވެސް ކުޑަވާނެ ކަމަށެވެ. އައްފާލް ވިދާޅުވީ، ތްރީޑީކޮށް އަދި ކުލަކޮށް ސްކޭން ހަދާ މިމެޝިން މެދުވެރިކޮށް، ސީޓީ އެންޖިއޮގްރަފީ، ކާޑިއެކް، ނިއުރޯ އަދި ވަސްކިއުލަރ އެންޖިއޮގްރަފީ ހެދޭނެ ކަމަށެވެ. އެހެންކަމުން މި ޚިދުމަތް ދެން ރާއްޖެއިން ވެސް ލިބޭނެ ކަމަށް އައްފާލް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14722915204174.jpg|އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލު / ފޮޓޯ: ޕީއެސްއެމް

''ސީޓީ އެންޖިއޮގްރަފީ، ކާޑިއެކް، ނިއުރޯ އަދި ވަސްކިއުލަ އެންޖިއޮގްރަފީވެސް ހެދެނޭ. އެކަމަށް ބޭނުންވާ ތަމްރީނު ތަށް ދެއްވަން ބޭރުގެ ފަރާތްތަކުން ވަޑައިގަނެ، އޭޑިކޭގެ ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި ވަނީ ތަމްރީނުކޮށްފައި. މިއީ ދިވެހިންނަށް ލިބިގެންދިޔަ ފަސޭހައެއް" އަައްފާލް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ މީގެ ކުރިންވެސް ސީޓީ ސްކޭންގެ ޚިދުމަތް ދީފައެވެ. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެހޮސްޕިޓަލުން ސަތާރަ ހާހަށްވުރެ ގިނަ މީހުން މި ޚިދުމަތް ހޯދާފައިވާ ކަމަށް އޭޑިކޭ  ހޮސްޕިޓަލުން ހާމަކުރެއެވެ.