ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުގެ މަޤާމު އަދާކުރެއްވި އަހުމަދު މަހުލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާ ގުޅިއްޖެއެވެ.
ކުރީގެ ވަޒީރު އަހުމަދު މަހުލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ޕީއެންސީއަށް ސޮއިކުރުމަށްފަހު، ޕާޓީއާ ގުޅުނުކަމުގެ ލިޔުން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލުކޮށްފައިވަނީ ޕީއެންސީން ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާގައެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި އަހުމަދު މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
މަހްލޫފްގެ އިތުރުން، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއްވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.
ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެވެ.