ދީން

ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅު


1437ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔުމަށް ހަމަޖެހިފައިވާ ހުރިހާ ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ދަތުރުކޮށް، ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު 2000 ޙައްޖުވެރިން ފުރާފައިވެއެވެ. މި ޙައްޖުވެރިން ފުރާފައިވަނީ ޙައްޖު ކޯޕަރޭޝަނާއި އިތުރު 5 އަމިއްލަ ކުންފުންޏެއްގެ ހަވާލުގައެވެ.

tw:https://twitter.com/Hajjcorporation/status/768771300273905664

ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފުރާފައިވާއިރު، ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕު ފުރާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ޙައްޖާޖީން މާލެއިން ފުރަން ފެށި ދުވަހުން ފެށިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙުމަދު ޒިޔާދު، ކޮންމެ ދުވަހަކުވެސް ފޯނުން ގުޅުއްވާ ދިވެހި ޙައްޖާޖީންގެ ހާލު ބައްލަވައި، އިންތިޒާމްތަކާއި ބެހޭ ގޮތުން ވާހަކަދައްކަވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާތަނަށް ހުރިހާ ދިވެހި ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.