މަރަދޫފޭދޫގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހަކާއި ދަނާލެއް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢު ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޓްރަސްޓްއެންޖް މޯސްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި ޓްރަސްޓްއެންޖް މޯސްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފާރާތުން ސޮއިކުރެއްވީ، ޕްރޮޖެކްޓް މެނޭޖަރ ޠާއިފް މަޖީދެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހަކާއި، ދަނާލެއް މަރަދޫފޭދޫގައި ޤާއިމްކުރެވިގެން ދިއުމަކީ، ތައުލީމީ ދާއިރާއިން އައްޑޫ ސިޓީއަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމެކެވެ.