މިދިޔަ މަހު ހުޅުމާލެއިން 520 އުޅަނދު ޓޯކޮށްފިއެވެ.
މާލެއާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑުވާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުޅުމާލެއިން ޖުމްލަ 520 އުޅަނދު މިދިޔަ މަހު ޓޯކޮށްފައިވެއެވެ. އެގޮތުން ދެ ފުރޮޅުލީ 425 އުޅަނދާއި، ހަތަރު ފުރޮޅުލީ 95 އުޅަނދު ޓޯކޮށްފައިވެއެވެ.
* ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 247 އުޅަނދު
* ލައިސަންސް ނެތި ދުއްވައިގެން - 108 އުޅަނދު
* ނުރައްކާތެރިކޮށް ދުއްވައިގެން - 21 އުޅަނދު
* ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 18 އުޅަނދު
* އެކި މައްސަލަތަކާއި ގުޅިގެން - 16 އުޅަނދު
* އަސްލަށް ބަދަލު ގެނެސްގެން ދުއްވައިގެން - 10 އުޅަނދު
* މަގުމައްޗަށް ދޫކޮށްލާފައި ހުރުމުން - 5 އުޅަނދު
* ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން - 45 އުޅަނދު
* ލައިސަންސް ނެތި ދުއްވައިގެން - 108 އުޅަނދު
* ނުރައްކާތެރިކޮށް ދުއްވައިގެން - 1 އުޅަނދު
* ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 19 އުޅަނދު
* އެކި މައްސަލަތަކާއި ގުޅިގެން - 9 އުޅަނދު
* ރަޖިސްޓްރީނުކޮށް ދުއްވައިގެން - 2 އުޅަނދު
ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި މަގު ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހުގެ ހުޅުމާލެއިން ޓޯވކުރެވުނު އުޅަނދުތަކުގެ ތަފާސް ހިސާބު pic.twitter.com/MoDSPRJn33
— Maldives Police (@PoliceMv) November 5, 2025
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ނިމިދިޔަ ސެޕްޓެންބަރު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުޅުމާލެއިން ޖުމްލަ 702 އުޅަނދު ޓޯ ކޮށްފައިވެއެވެ. އެގޮތުން ދެ ފުރޮޅުލީ 643 އުޅަނދާއި، ހަތަރު ފުރޮޅުލީ 59 އުޅަނދު ޓޯ ކޮށްފައިވެއެވެ.
* ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 453 އުޅަނދު
* ލައިސަންސް ނެތި ދުއްވައިގެން - 111 އުޅަނދު
* ނުރައްކާތެރިކޮށް ދުއްވައިގެން - 33 އުޅަނދު
* ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 11 އުޅަނދު
* އެކި މައްސަލަތަކާއި ގުޅިގެން - 23 އުޅަނދު
* އަސްލަށް ބަދަލު ގެނެސްގެން ދުއްވައިގެން - 12 އުޅަނދު
* ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 2 އުޅަނދު
* ލައިސަންސް ނެތި ދުއްވައިގެން - 20 އުޅަނދު
* ނުރައްކާތެރިކޮށް ދުއްވައިގެން - 3 އުޅަނދު
* ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 19 އުޅަނދު
* އެކި މައްސަލަތަކާއި ގުޅިގެން - 15 އުޅަނދު
މީގެ އިތުރުން މާލޭގެ މަގުތަކުގައި ދަތުރުފަތުރަށާއި، ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތައް ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުރި 70 ސައިކަލެއް ފުލުހުން ވަނީ، މިމަހުގެ 4 ވަނަ ދުވަހު ޓޯކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅި ކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަމަށެވެ.
މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެ ފަރާތުގައި ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރެއެވެ. މީގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނާއި، މަގު ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. ޚާއްޞަކޮށް ޢާންމު ދަތުރުފަތުރަށް ބުރޫ އަރައެވެ.
ފުލުހުން ވަނީ، ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅި ކަންމަތީގައި ޕާކް ކުރުމުގެ ބަދަލުގައި ޕާކް ކުރުމަށްޓަކައި ޚާއްސަ ކޮށްފައިވާ ޒޯންތަކުގައި ޕާކް ކުރުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ، މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ ފަރާތުން އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ޢާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.