ތިމާވެއްޓާބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިވަޑައިގެން، އެއަރކަންޑިޝަނާއި އައިސް އަލަމާރިފަދަ ތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަވައިފިއެވެ.
އެއްދުވަހުގެ މި ތަމްރީން ޕްރޮގްރާމް އަމާޒުކުރެއްވީ މި ދާއިރާގައި ޙަރަކާތްތެރިވާ ޒުވާނުންނަށް އާ ކަންތައްތަކެއް ދަސްކޮށްދެއްވުމަށެވެ. މި ތަމްރީންގައި މާލެއާއި އަތޮޅުތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބައެއް ޒުވާނުން ބައިވެރިކުރެއްވިއެވެ.
ތިމާވެއްޓާބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ހިންގެވި މި ތަމްރީންތައް ކުރިއަށްގެންދެވީ ޕޮލިޓެކްނިކްގައެވެ. މިފަދަ އިތުރު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ރާއްވަވާފައިވާ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.