ދުނިޔެ

އިޓަލީގެ މެދުތެރޭގެ ހިސާބަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ


އިޓަލީގެ މެދުތެރޭގެ ހިސާބަކަށް މިއަދު ހެދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭ ގަޑިން ހެނދުނު 6:30 އެހާކަންހާއިރު، 6.2ގެ ބާރުމިނުގައި އައި މިބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އިޓަލީގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ޚަބަރުދެއެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށްވެސް ޙަބަރުލިބެއެވެ.

ބިންހެލުން އައި ޓައުންގެ މޭޔަރު އިޓަލީ ރޭޑިއޯއަށް މަޢުލޫމާތުދެއްވި ގޮތުގައި މިބިންހެލުމުގެ ސަބަބުން މުޅި އެޓައުނުގެ ދެބައިކުޅައެއްބައިވަނީ ހަލާކުވެފައެވެ. ބިމުގެ ހައެއްކަ މޭލު އަޑިން އައި މިބިންހެލުމުގެ ގުޑުންތައް ވެރިރަށް ރޯމް  އަށްވެސް ފޯރާފައިވާއިރު، ބިންހެލުމުގެ ސަބަބުން ވިއްސަކަށް ސިކުންތު ވަންދެން އިމާރާތްތައް ގުޑުނު ކަމަށް ޚަބަރުތައް ބުނެއެވެ.