ދީން

ދިވެހި ހުރިހާ ޙައްޖުވެރިންނަށް ސަޢޫދީއަށް ދެވިއްޖެ


ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ތެރެއިން މިހާތަނަށް ނުގޮސް ތިބި އެންމެން މިއަދު ސަޢޫދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

tw:https://twitter.com/Hajjcorporation/status/767989765404852224

މިއަދު ހައްޖަށް ފުރާފައިވަނީ ސިސިލްފަރުގެ ޙަވާލުގައި ދިޔަ 200 މީހުންނެވެ. އެ މީހުން ފުރާފައިވަނީ ހެނދުނު ނުވައެއް ޖެހިއިރު، ސްރީލަންކަން އެއަރލައިންސްގެ ފްލައިޓަކުންނެވެ. އެ މީހުންނަށް ސަޢޫދީއަށް ދެވިފައިވަނީ ސަޢުދީ ގަޑިން މިއަދު މެންދުރެއްހާއިރުއެވެ.

tw:https://twitter.com/Hajjcorporation/status/768000296161280000

މިއަހަރު ރާއްޖެއިން 2000 މީހުން ޙައްޖަށް ފުރާފައިވެއެވެ. މިއީ ސަޢޫދީޢަރަބިއްޔާއިން ޙައްޖު ކޯޓާ، ކޮންޓްރޯލް ކުރައްވަން ފެއްޓެވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޙައްޖުވުމަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.