ޚަބަރު

އޭޝިއަން ޔޫތު ގޭމްސް 2025: ބީޗް ވޮލީގައި ފިރިހެން ޕެއާގެ ދެވަނަ މެޗުން ލަންކާ މޮޅުވީ ހަނި ފަރަގަކުން


ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ ފިރިހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޕެއާއިން ކުޅުނު މެޗުގައި ސްރީ ލަންކާ ކައިރިން ރަނގަޅު ކުޅުމެއް ދައްކައިފިއެވެ.

ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޕެއާއަކީ ޝަރަފް އަބްދުﷲ އަލީއާއިމުހައްމަދު އިކްރާމް އިސްމާއީލް ރަޝީދުގެ ޕެއާއެވެ. އިއްޔެ ގަތަރާ ދެކޮޅަށްވެސްރަނގަޅު ކުޅުމެއް ރާއްޖޭގެ ޕެއާއިން ދައްކާފައިވާ އިރު، ލަންކާގެ ސަލްޕަޑޮރޫގެ ޑިޑޫލާމަހީނާއާއި މިޑިގަސްޕާގޭ ޑޯން ކޫސަލް ޑުލްމީނާގެ ޕެއާއިން މިއަދު ރާއްޖެ މައްޗަށްކުރި ހޯދީވެސް 2-1 ސެޓުންނެވެ. ބަހްރެ

އިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައިކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނަގައިގެން ގިނަވަގުތު ލީޑުގައި އޮތް ނަމަވެސް، އެ ސެޓު ގެއްލުނީ 21-15 އިންނެވެ. ދެވަނަ ސެޓަށްރާއްޖޭގެ ޕެއާއިން ކުޅުން ރަނގަޅުކޮށް، ގާތްގަނޑަކަށް ސެޓު އެއްކޮށް ދިޔައީ ލީޑުކުރަމުންނެވެ. އިކްރާމާއި ޝަރަފްގެ ޕެއާއިން ޔަގީންކަމާއެކު ކުޅެ އެ ސެޓުގެންދިޔައީ 21-12 އިންނެވެ.

ޓައިބްރޭކް ސެޓުގެ ފަހުކޮޅަށް ދަންދެންވެސް ރާއްޖޭގެ ޕެއާއިން ދިޔައީ ވަރުގަދައަށްވާދަކުރަމުންނެވެ. އެ ސެޓު ފަހުކޮޅުގައި ގެއްލުނީ 15-7 އިންނެވެ. ސެޓުގައިރާއްޖޭގެ ޕެއާއިން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ.