ޚަބަރު

ޢިމާރާތެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ


މާލޭގެ ޢިމާރާތެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރުފަހު މ. ރަންބުސްތާނުގެ 10 ބުރިން ވެއްޓި މަރުވެފައިވަނީ 83 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިހާދިސާ ހިނގަން މެދުވެރިގޮތް ތަހްޤީޤްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.