ޚަބަރު

އީގަލްސްއާ ދެކޮޅަށް ކުޅެން ޖެހޭނީ ވިކްޓަރީއާ ދެކޮޅަށް ކުޅުނު ކަހަލަ އުނދަގޫ މެޗެއް: ގާސިއާ


އެންމެ ފަހުން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗަކީވެސް ވަރަށް އުނދަގޫ މެޗެއް ކަމަށާއި، މިއަދު ކުލަބު އީގަލްސްއާ ދެކޮޅަށް ނިކުން މެޗުވެސް ފަސޭހަ ނުވާނެ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު ސްޕެއިންގެ އަންދްރޭސް ގާސިއާ ބުނެފިއެވެ.

ލީގު މެދުކެނޑުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިއާ ބުނީ އީގަލްސްގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ތިބީ މޮޅު ކުޅުންތެރިންތަކެއް ކަމަށާއި، އެއީ މޮޅު ޓީމެއްގެ ގޮތުގައި އޭނާ ދެކޭކަމަށެވެ.

ލީގުގެ ފެށުން އެއްވެސް ކުލަބަކަށް ފަސޭހަ ނޫން ކަމަށާއި، އެހެންނަމަވެސް ލީގު ނިމޭއިރު އީގަލްސް ތާވަލުގެ ރަނގަޅު މަގާމެއް ހޯދާނެ ކަމަށް ބެލެވޭ ކަމަށް ފާހަގަ ކުރަމުން ގާސިއާ ބުނީ އ އީގަލްސް މިވަގުތު އެއޮތީ އަސްލު މަގާމުގައި ނޫން ކަމަށެވެ.

އީގަލްސްއާއި ދެކޮޅަށް ނިކުންނަ މި މެޗަކީ އޮޑީގެ އަސްލު ފެންވަރު ދެނެގަންނަށް ލިބޭ މެޗަކަށްވާނެ ކަމަށާއި، އެންމެ ފަހުން ވިކްޓްރީއާއިއެކު އޮޑި ސްޕޯޓްސް ކުލަބު ކުޅުނު މެޗަކީވެސް އެފަދަ މެޗެއްކަމަށް ގާސިއާ ފާހަގަކުރިއެވެ.

"ޓޭބަލްގައި މިހާރު އީގަލްސް އޮތް ލެވެލަކީ އަސްލެއް ނޫން. އަހަންނަށް ފެންނަ ގޮތުގައި އެ ކުލަބުގައި ތިބީ ވަރަށް މޮޅު ކުޅުންތެރިން. އައު ކޯޗެއް އެބަހުރި. އެމީހުން ކުޅޭ ގޮތް އަހަރެންނަށް ވަރަށް ކަމުދޭ. ވަރަށް ރަނގަޅު އިންޑިވިޖުއަލިޓީސް އެމީހުންގެ އެބަހުރި" ގާސިއާ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 3-2 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، ތާވަލުގެ އެއްވަނައަށް އޮޑި ސްޕޯޓްސް ކްލަބު ޖެހިލި މެޗަށް އިޝާރާތް ކުރަމުން ގާސިއާ ބުނީ ތާވަލުގެ މަތީ ހިސާބެއްގައި އޮވެދާނެހެން ހީވާ ޓީމެއް ބަލިކުރެވިދާނެކަން އެ މެޗުން އޮޑިއަށް ދެއްކުނު ކަމަށެވެ.

"އެންމެފަހުން ވިކްޓްރީއާއި ދެކޮޅަށް ކުޅުނު މެޗުން އަހަރުމެންނަށް ދެއްކިއްޖެ މަތީ ލެވެލެއްގައި އޮތުން ގާތް ޓީމެއްވެސް ބަލިކުރެވިދާނެކަން" ގާސިއާ ބުންޏެވެ.

މި ހަފްތާއަކީ އޮޑިއަށް ވަރަށް މުހިންމު ހަފްތާއެއް ކަމަށާއި، ވަރުގަދަ އިދިކޮޅު ޓީމުތަކާއި ދެކޮޅަށް ނިކުންނައިރު މިއީ ރަނގަޅު ޗެލެންޖަކަށްވާނެ ހަފްތާއެއް ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު ބުންޏެވެ. ހުރިހާ ކުޅުންތެރިންނާއެކު ހުކުރު ދުވަހު ފަރިތަކުރުންތައް ފަށާފައިވާއިރު ހުރިހާ ކުޅުންތެރިންގެ ފިޓްނެސްވެސް މި މެޗަށް ރަނގަޅު ކަމަށް ގާސިއާ ބުންޏެވެ.

އޮޑިން ނިކުންނާނީ މިއަދު ހަވީރު ކުލަބު އީގަލްސްއާއި ދެކޮށެވެ. މިވަގުތު ތާވަލުގައި އޮޑި އޮތީ 9 ޕޮއިންޓާއެކު 2 ވަނައިގައެވެ. އީގަލްސް އޮތީ އެންމެ ޕޮއިންޓަކާއެކު 9 ވަނައިގައެވެ. ހުރިހާ ކުޅުންތެރިންނާއެކު ހުކުރު ދުވަހު ފަރިތަކުރުންތައް ފަށާފައިވާކަމަށާއި، ގައުމީ ޓީމުގެ ބައިނަލްއަގްވާމީ ދެ މެޗަށް ލީގު މެދުކަނޑާލުމުގެ ކުރިން އޮތް ހާލަތު