ތަރައްްޤީ

މަޖޫރީންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ


ރާއްޖެއަށް އެތެރެކުރާ މުދާބޭލުމާއި އުފުލުމުގައި މަޖޫރީން ޙަރަކާތްތެރިވުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަކަމެކެވެ. މި މަސައްކަތްކުރާ މަޖޫރީން ހުރިހާ ދުވަސްވަރެއްގައިވެސް މަސައްކަތްކުރެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންހާމަކުރާ ގޮތުގައި މިހާރުވެސް އެ ކުންފުނީގެ ސަރަޙައްދުގައި 200 އަށްވުރެ ގިނަ މަޖޫރީންމަސައްކަތްކުރަމުން ގެންދެއެވެ. މިމީހުންނަކީ ބުރަ މަސައްކަތްކުރާ ބަޔަކަށްވެފައި، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓާއި ވިޔަފާރީގެ ދާއިރާގައި މުހިންމު މަސައްކަތްތަކެއްކުރާ ބަޔަކަށްވުމުން އެމީހުންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީމުހިންމު ކަމެކެވެ.

މަޖޫރީންގެ މަސައްކަތް ރޭވިފައިއޮންނަ ގޮތުން، ބުރަކޮށް މަސައްކަތްތަކެއްގައި އުޅުމަށްފަހު މަސައްކަތް ނެތިއެތައް އިރެއްވަންދެން އެހެން މަސައްކަތެއް ލިބެންދެން އެ ސަރަޙައްދުގައިމަޑުކުރަންޖެހެއެވެ. އެހެންނަމަވެސް މިގޮތަށް މަޑުކުރަންޖެހޭއިރު މަޑުނުކުރާނެއަތްވާއި ވާރެއިން ހިޔާކަންލިބޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައެއް ނުހުރެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންހާމަކުރާ ގޮތުގައި މަޖޫރީން މަޑުކޮށްލައިގެން ތިބޭނެ ރަނގަޅު އިންތިޒާމެއްހަމަޖެއްސެވުމަށް އެ ކުންފުނިން ވަނީ މަސައްކަތް ފަށާފައެވެ. އެކަމަށްޓަކައިކަމާބެހޭ އިދާރާތަކާ ގުޅިގެން، އެ ސަރަޙައްދުން ޖާގައެއް ހަމަޖެއްސުމުގެމަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެކަން ހަމަޖެހުމުން، މަޖޫރީންނަށްއެކަށީގެންވާ އިންތިޒާމެއް އެ ސަރަޙައްދުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ދަށުން އެ ސަރަޙައްދުގައި މަޖޫރީން އިށީނދެ ތިބޭނެ ޖޯލިފަތިތަކެއް މިހާރުވެސް ވަނީ ބަހައްޓައިދީފައެވެ.

"އެމްޕީއެލް ސަރަޙައްދަކީވަރަށް ގިނަ ބަޔަކު ޚިދުމަތްދޭ ތަނެއް. މިތަނުގައި އިށީންނާނެ ތަނެއްވެސް ނުހުރޭ.ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރު އެ މީހުން އިށީންދެ އުޅޭގޮތް. އެހެންވެއެގޮތުން ފަސޭހައަކަށް އަޅުގަނޑުމެން މިކަން މިކުރީ. ކުރިއަށް އޮތްތާނގައި އަދިއިތުރު ފަސޭހަތއްކުރުމަށް މިއޮތް ޕާކްވެސް ހޯދަން ހައުސިންގ މިނިސްޓްރީއާއިވާހަކަދައްކަމުން މިދަނީ. އެކަމަށް ކުރެހުންތަކާއި އެއްޗެހި ނިމިފަ ވީ، އެތަންލިބިއްޖެނަމަ އެތަނުގައި އަޅުގަނޑުމެންގެ ޚަރަދުގައި ގޮނޑިތައް ރާނައި ސިމެންތިގޮނޑި ހަދާ ޓައިލްސްޖަހާފައި ހަދާނަން." އެމްޕީއެލްގެ ސީއީއޯ، މުޙައްމަދުޖުނައިދު ވިދާޅުވިއެވެ.

މަޖޫރީކުރުމަކީ، ބުރަމަސައްކަތެއްނަމަވެސް އެކަށީގެންވާ ޢާމްދަނީއެއް ލިބޭ މަސައްކަތެކެވެ. ރާއްޖޭގައިބޭރުން ގެންނަ މުދާ ބޭލުމާއި އުފުލުމުގައި ބޭނުންވާ ވަޞީލަތްތަކާއި ގޮތްތަކަށްބޮޑެތި ބަދަލުތައް އައިސްފައިވީނަމަވެސް މަޖޫރީންގެ ބޭނުން ނިމުމަކަށް އައިސްފައެއްނުވެއެވެ.