ޚަބަރު

ހުލުމާލޭގެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް


ހުލުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ފްލެޓްތަކަށް ފައިސާ ދައްކާނެ ލުއި ފަސޭހަ އިންތިޒާމްތަކެއް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހަމަޖައްސައިފިއެވެ.

މި ގޮތުން، ފްލެޓްތަކަށް ކޮންމެ މަހަކު ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެ، ފައިސާ ނުދެއްކޭ ޙާލަތްތަކުގައި، ޖޫރިމަނާ ނަގާ ސިޔާސަތަށް މިހާރު ބަދަލު ގެނެސްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރިން ޢަމަލު ކުރަމުންދިޔަ ގޮތުން، ފައިސާ ނުދެއްކި ލަސްވާ ކޮންމެ ދުވަހަކަށް ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ ޖޫރިމަނާއެއް އަރާނެއެވެ. ނަމަވެސް، މި ބަދަލާއިއެކު ޖޫރިމަނާ ނަގަމުންދާނީ ފައިސާ ނުދެއްކޭ ކޮންމެ މަހަކަށް މުޅި ޖުމްލަ އެކެއް އިންސައްތަކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ކުރިން އަރާފައިވާ ޖޫރިމަނާ ފައިސާއާއި، އަދި ޑައުންޕޭމަންޓް ފައިސާ ދެއްކުމަށްވެސް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، މި ގެނައި ބަދަލުގައި، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޗައިނާ ފްލެޓްތައް ނުހިމެނޭކަމަށާއި، އެ ފްލެޓްތަކަށް މިހާރު ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ލުއި ފަސޭހަ ގޮތްތަކަކަށް ބަހާލައިގެންކަމަށެވެ.