ޚަބަރު

އައްޑޫގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ފަރުވާދެނީ


އައްޑޫ ލިންކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި 4 މީހަކު ޒަޙަމްވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

މިހާދިސާގައި އަނިޔާވި 4 މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވިނަމަވެސް ފުރާނައަށް ނުރައްކާ ވާވަރުގެ ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާ ހިނގީ ރޭ 9:45 އެހާކަންހާއިރު ލިންކު ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަވަނީ އިތުރަށް ތަހުޤީގު ކުރައްވަމުންނެވެ.