ޚަބަރު

ށ. ދަތުރުގެ މިއަދުގެ ތިންވަނަ މަންޒިލަކަށް ފޯކައިދޫ


  • ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

  • މުހިންމު މަޝްރޫޢުތަކެއްގެ ފެށުން ފާހަގަކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ށ.ފޯކައިދުއަށް ވަޑައިގަންނަވައިފިއެވެ. މިއީ މިއަދު އެމަނިކުފާނު ވަޑައިގެންނެވި އެއަތޮޅުގެ 3 ވަނަ ރަށެވެ. ފޯކައިދޫން ރައީސްއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ފޯކައިދޫގައި ބައެއް މުހިންމު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ރަށުގައި އިސްލާމީ މަރުކަޒު ތަރައްޤީކުރުމަށް އެކަމުގެ އިމާރާތުގެ ބިންގާ އެޅުމާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ އިތުރުން ރަށުގައި ކުނި މެނޭޖުކުރާ ވަސީލަތް ތަރައްޤީކުރުމަށް އެކަމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފޯކައިދޫގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

އެއަށްފަހު އެމަނުފާނު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. މިއަދު ރައީސުލްޖުމްހުރިއްޔާ އިތުރު ދެ ރަށަށް ވަޑައިގަންނަވާނެއެވެ.