ޚަބަރު

ނޫމަރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


  • މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް

  • މިއީ އިންޑޯ ޖިމާއި މީޓިންގރޫމާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާ ސެންޓަރެއް

ނޫމަރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ނޫމަރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނޫމަރާގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މެޖަރ ރިޓަޔާޑް މުހައްމަދު ނަޖާހް އަދި ނޫމަރާ ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނޫމަރާގައި އަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމާއި މީޓިންގރޫމާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ ސެންޓަރެކެވެ.

ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ މިސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.