ޚަބަރު

ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރުން


ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މޫސުމާ ބޭހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވުން އެކަށީގެންވެއެވެ.

އެގޮތުން ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން މަޢުލޫމާތުދެއްވައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ޢާންމު ވިއްސާރަ ކަމަށާއި، މިއީ ތޫފާނެއް ނުވަތަ އެނޫން ކަމެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ނޫންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ.  

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިހާތަނަށް އެއްވެސް ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަހަރުގެ މިދުވަސްވަރަކީ ޢާންމު ގޮތެއްގައި ރާއްޖެއަށް ވިއްސާރާކުރާ ދުވަސްވަރެކެވެ.